ފުލުހުން މާލޭގައި ހިންގަމުންދާ ބޮޑެު އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު10 މީހުން ހައްޔަރު ކޮށްފި އެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނާއި ގުޅުން ހުރި އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިޔަށްދާތީ އިތުރު ތަފްސީލް އަދި ދެވެން ނެތް ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތި ހުރީ ދެ ގޯންޏަކާއި ދެ ފޮށީގައި ކަމަށް ފުލުހުން މައުލޫމާތު ދެ އެެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް