ޕާކިސްތާނުގެ ރައީސްއަށް، ރައީސް ސާލިޙު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރައީސް ޢާރިފް ޢަލްވީއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވ...

08 Dec 2020 | 09:19

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރައީސް ޢާރިފް ޢަލްވީއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީގެ ޚިދުމަތުގެ ދިގު ތާރީޚުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް