ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން މޯލްޑިވިއަންއިން އަތޮޅު ތެރޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ކުރާ ދަތުރުގެ ޓިކެޓް ގަންނަ ފަރާތްތަކަށް 10 ޕަސެންޓް ޑިސްކައުންޓު ލިބޭނެ އެވެ. މި ޑިސްކައުންޓު ލިބޭނީ ދަތުރު ކުރަން ހަމަޖެހިފައިވާ ތާރީހުގެ ހަތް ދުވަސް ކުރިން އޮންލައިންކޮށް ޓިކެޓު ގަންނަ ފަރާތްތަކަށެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާއިރު ގަންނަ ޓިކެޓަށް މިމަހުގެ 15 އިން އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދަތުރު ކުރަން ޖެހޭނެ އެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ 15 އެއާޕޯޓަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ. އެންމެ ފަހުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށީ ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަށެވެ.
މޯލްޑިވިއަން އިން ބުނީ ކޯވިޑް-19 އާއި ގުޅިގެން އެ އެއާލައިނުން ކުރާ ހުރިހާ ޝެޑިއުލް ދަތުރުތަކެއް ހުއްޓާލި އިރު ޑޮމެސްޓިކް ހުރިހާ އެއާޕޯޓަކަށް ޝެޑިއުލް ދަތުރުތައް އަލުން ވަނީ ފަށާފައި އެވެ. އިންޓަނޭޝަނަލް ދަތުރުތަކުގެ ތެރެއިން ފަށާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ޝެޑިއުލް ދަތުރުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް