ބީއެމްއެލްގައި ދިގު މުއްދަތަކަށް ހިދުމަތް ކުރި 33 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ދިގު މުއްދަތަކަށްް ހިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކޮށްފި އެވެ. ބީއެމްއެލްއިން ބޭއްވި ހާއްސަ ހަފްލާއެއްގައި 15 ،20 ،25  އަދި 35 އަހަރު އ...

08 Dec 2020 | 07:47

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ދިގު މުއްދަތަކަށްް ހިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކޮށްފި އެވެ.

ބީއެމްއެލްއިން ބޭއްވި ހާއްސަ ހަފްލާއެއްގައި 15 ،20 ،25  އަދި 35 އަހަރު އެ ބޭންކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑު ދީފައިވެ އެވެ. މި އެވޯޑު އެ ބޭންކުގެ33 މުވައްޒަފަކަށް ދީފައިވެ އެވެ.

އަދި 35 އަހަރު ބޭންކަށް ހިދުމަތް ކޮށްފައިވާ ހެޑް އޮފް ޕްރޮކިއުމެންޓް މުހައްމަދު އަހުމަދު އަދި ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ހަސަން ޝާމް އަށް ހާއްސަ އެވޯޑެއް ދީފައިވެ އެވެ.

މީގެ އިތުރުން ބޭންކަށް 25 އަހަރު ހިދުމަތްކޮށްދީފައިވާ ސީނިއާ ޕެރަލީގަލް އަބްދުﷲ ސައީދު އާއި ލ. ގަމު ބްރާންޗުގެ މެނޭޖަރު ހާނީމާ ނަސީމް އަށްވެސް ވަނީ އެވޯޑް ދީފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ ފައިތުވި ދިގު މުއްދަތުގައި އެހާމެ ހީވާގި ކަމާއެކު ބުރަ މަސައްކަތް ކޮށްދިން ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަނަވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް