މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި

މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ. ކަރެކްޝަންސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކ...

08 Dec 2020 | 05:51

މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު 56 މީހަކު ޖަލަށް ލި ކަމަށެވެ. އޭގެ ތެރެއިން 24 މީހުންނަކީ އެކި މައްސަލަތަކުގައި ޖަލަށް ހުކުމް ކުރި މީހުން ކަމަށާއި އަނެއް32 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ހުކުމް ކުރި މީހުންގެ ތެރެއިން ކަރެކްޝަންސްގެ ޖަލުތަކަށް ބަދަލު ކުރި މީހުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މީގެ ތެރެއިން 53.2 ޕަސެންޓު މީހުންނަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖަލަށް ލީ މީހުންނެވެ. އޭގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވަނީ 34.4 ޕަސެންޓު މީހުންނެވެ.

ދެން މިދިޔަ މަހު ޖަލަށް ލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށާއި، ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން ބިރުދެއްކުމުގެ މައްސަލަތަކުގައި އެވެ.

ކަރެކްޝަންސްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު 33 މީހަކު ޖަލުން ދޫކޮށްލި އެވެ.

އޭގެ ތެރެއިން 24 މީހުންނަކީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލި މީހުންނެވެ. ކްލެމެންސީ ބޯޑުގެ ނިންމުމައި އެގޮތަށް ދެވަނަ ފުރުސަތު ދިނުމަށް މިދިޔަ މަހު ހަތަރު މީހުން ޖަލުން ދޫކޮށްލާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް