މިމަހުގެ31 ގެ ނިޔަލަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނެ ކަމަށް އޭވިއޭޝަން ސެކިއުރިޓި ކޮމާންޑުން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އައިޑީކާޑު ހެދުމުގެ ހިިދުމަތް ދެނީ އެޕޮއިންޓްމެންޓު ދޫކޮށްގެންނެވެ. އަދި ކޮންމެ ދުވަހަކު ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރީޝަން (ޑީއެންއާރު) އިން ހިދުމަތް ދެނީ ވަކި އަދަދެއްގެ މީހުންނަށެވެ.
އެހެންވެ ކުރިއެކޭ އެއްގޮތަށް އައިޑީކާޑު ދޫކުރުމުގެ ހިދުމަތް އަދި ނުލިބެ އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރި ޓުވީޓެއްގައި ބުނީ އެތެރޭގެ އުދުހުންތަކުގައި އެއާޕޯޓުގެ ސެކިއުރިޓި ޗެކްޕޮއިންޓް ތަކުން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ގަބޫލު ކުރަން ނިންމީ ޑިއެންއާރުން ކޯވިޑާއި ގުޅިގެން އަމަލު ކުރުމަށް ނިންމާފައިވާ ގައިޑްލައިންގެ ދަށުން ކަމަށެވެ.
https://twitter.com/AVSECOMmv/status/1335904380906696704
މުއްދަތު ހަމަވެފައިވާ އައިޑީކާޑު އެކި ހިދުމަތްތައް ހޯދުމުގައި ބޭނުން ކުރެވޭނެ ގޮތަށް ގައިޑްލައިނެއް އެކުލަވާލައި އަމަލު ކުރުމަށް ނިންމީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު ކޯވިދް ކޮންޓްރޯލް ނުވާތީ އޭގެ ފަހުން މުއްދަތު އިތުރު ކުރި މިއީ ތިން ވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް