މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް މި މަހު 14 ގައި ހުޅުވަނީ

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް މި މަހު 14 ވަނަ ދުވަހު ހުޅުވުމަށް ނިންމައިފި އެވެ. މިކަން ހާމަ ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި އެވެ. ކޯވިޑް-19 އާއި ގުޅިގެން...

08 Dec 2020 | 03:36

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް މި މަހު 14 ވަނަ ދުވަހު ހުޅުވުމަށް ނިންމައިފި އެވެ.

މިކަން ހާމަ ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި އެވެ. ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާ ކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

ޑރ. މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުން72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވުމުން 2021 ވަނަ އަހަރަށް ސްޓައިލްގައި މަރުހަބާ ކިޔޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެކަމަކު ގެސްޓް ހައުސްތައް ހުޅުވުމާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރައްވަ އެވެ. މިނިސްޓަރު ވަނީ ހެލްތް މިނިސްޓްރީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޗްއީއޯސީގެ ޓީމަށް ޝުކުރު އަދާ ކުރައްވާފައި އެވެ.

https://twitter.com/Mausoom_Maus/status/1336015733134741504

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށް ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓުމަކަށް ގެންނަން ޖެހުނެވެ.

އަލުން ގައުމު ހުޅުވާލައި ރިސޯޓުތަކާއި ސަފާރީތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދިނީ މިދިޔަ ޖުލައި15 ވަނަ ދުވަހު އެވެ. އަދި އަތޮޅު ތެރޭގެ ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދިނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް