އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން 17 ޕްރޯއެއް ލިބުމުގެ ފުރުސަތު -
އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން 17 ޕްރޯއެއް
ލިބުމުގެ ފުރުޞަތު އުރީދޫއިން ހުޅުވާލައިފިއެވެ.
މާކަ ބޮޑު ކަމެއް ކުރާކަށް ނުޖެއެވެ. ބިލުތަކަށް
ފައިސާ ދެއްކުމަށާއި ދުވަހީ މުޢާމަލާތްތަކުގައްޔާއި ރިޗާޖް ކުރުމުގައި އެމް-ފައިސާ
ބޭނުންކުރަމުންގޮސް މަހަކު މަދުވެގެން 1000 ރުފިޔާއާއި ހަމައަށް އެމް-ފައިސާ
ބޭނުންކޮށް ޖެހިޖެހިގެން ތިން މަހުގެ ސްޓްރީކެއް ހިފަހައްޓައިފިނަމަ އައިފޯން 17 ޕްރޯ
ލިބޭ ގުރުއަތަށް ޝަރުތު އެ ހަމަވީއެވެ.
އެމް-ފައިސާ އަކީ އެމްފައިސާ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ
އިތުރުން ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓު އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު
ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. އެ ޕްލެޓުފޯމުން ސްޓެލްކޯއާއި
އެމްޑަބްލިއުއެސްސީ އަދި އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓު ފަދަ ގިނަ ހިދުމަތްތަކަށް
ބިލް ދެއްކުމުގެ އިތުރުން ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ވެސް ދެއްކެ އެވެ. އޭގެ
އިތުރުން އެމް-ފައިސާއިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތު ވެސް
ފަހިކޮށްދީފަ އެވެ.
އަދި ހަމަ އެހެންމެ އަހަރެމެން ދިވެހިން މި އިންތިޒާރުކުރާ ޕޭޕަލްވެސް އަންނަން
އޮތީ އެމް-ފައިސާއަށެވެ.
އެމް-ފައިސާ ގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ
ކަސްޓަމަރަކަށްވެސް އުރީދޫ އެޕު ޑައުންލޯޑު ކޮށް ފަސޭހަކަމާއެކު ރެޖިސްޓާ ކޮށްލެވޭނެ
އެވެ. އޭގެއިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކުތަކާ ގުޅިގެން
އެމްފައިސާއިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް
ޓޮޕްއަޕް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް