މީހަކު، އީޒެޕްގެ މެސްކޮޓް ކަމުގައިވާ ޒެޕަރމަން އުފުއްލާލައިގެން ގެންދާ މަންޒަރު -
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ވަރަ
އެކްސްޕޯގައި ސުޕަރ އެޕް "އީޒެޕް" ބައިވެރިވަމުން އެބަ ދެއެވެ.
މި މަހުގެ 6، 7 އަދި 8 ހިމެނޭހެން ހަވީރު
ހަތަރަކުން ރޭގަނޑު 10 އަކަށް ކުރިއަށްދާ "ވަރަ" އެކްސްޕޯގެ
"އީޒެޕް" ސްޓޯލްގައި އެޕަށް ޑްރައިވަރުން އެޕްރޫވް ކުރުމާއި އެޕް
އިޝޫސްތަކާއިމެދު މަޝްވަރާ ކުރުމާއި ވެންޑަރ އޮންބޯޑިންގ ކުރުން ކުރިއަށްދާނެއެވެ.
ސްޓޯލް ކުރިއަށްދާއިރު އީޒެޕްގެ މެސްކޮޓް ޒެޕަރމޭންވެސް
ފެނިގެންދާނެ ކަމަށް "އީޒެޕް" އިން ބުނެއެވެ.
"އީޒެޕް" އަކީ ގިނަ ޚިދުމަތްތަކެއް އެއް
އެޕަކުން ލިބޭ ސުޕަރ އެޕެކެވެ. މި އެޕް މެވެރިކޮށް ރެސްޓޯރަންޓްތަކުން ކެއުން
ބުއިން ގެއާއި ހަމައަށް ޑެލިވަރ ކުރުމުގެ ފުރުޞަތާއި ގްރޯސަރީ އަދި ތަރުކާރީ އާއި
މޭވާ ގަނެ ގޭ ދޮރާއި ހަމައަށް ޑެލިވަ ކުރުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.
އީޒެޕް ކުރިއަށްދަނީ ޕަބްލިކް ޑެލިވަރީ ޑްރައިވާޒް
ޕޫލެއް ހިމެނޭ ގޮތަށް ކަމުން މިއީ ޒުވާނުންނަށް އާމްދަނީ ހޯދުމަށްވެސް ފުރުޞަތު ފަހިވާހެން
ތައްޔާރުކޮށްފައިވާ އެޕެކެވެ.
އެޕްގައި ކަސްޓަމަރ އަމިއްލަ ވޮލެޓެއް މެނޭޖް ކުރެވޭނެ
ގޮތްވެސް ހިމަނާފައިވާއިރު ރީލޯޑް ކުރެވޭ އެ ވޮލެޓު މެދުވެރިކޮށް އަދި ނަގުދު
ފައިސާއާއި ޓްރާންސްފަރ މެދުވެރިކޮށްވެސް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ކުރެވެއެވެ.
އަދި ގްރޯޝަރީފަދަ ވިޔަފާރިތައް ޝެޑިއުލްވެސް ކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް