36 އަހަރުން ނުލިބުނު މުސާރައިގެ ހައްލު އެއޮތީ ހޯދައިދީފަ: ޔައުގޫބް

36 އަހަރުން ނުލިބުނު މުސާރައިގެ ހައްލު އެއޮތީ ހޯދައިދީފައި ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އެންމެކުޑަ އުޖޫރަ ކަނޑައެޅުމުން، ޚިދުމަތުގައި 36 އަހ...

08 Nov 2021 | 18:48

36 އަހަރުން ނުލިބުނު މުސާރައިގެ ހައްލު އެއޮތީ ހޯދައިދީފައި ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެންމެކުޑަ އުޖޫރަ ކަނޑައެޅުމުން، ޚިދުމަތުގައި 36 އަހަރު މަސައްކަތް ކުރި ކަނބަލެއް ޕޯސްޓަރެއް ހިފަހައްޓައިގެން ހުއްޓާ ހުރި ފޮޓޯއަކާ އެކު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އެ ޕޯސްޓަރުގައި "ޚިދުމަތުގައި 36 އަހަރު 4465 ރުފިޔާ މީ ހަމަ ހައްގު މިންވަރުތޯ" ސުވާލު ކޮށްފަ އެވެ.

އެކަމަށް ރައްދު ދެއްވާ ޔައުގޫބު ވިދާޅުވެފައިވަނީ "ޚިދުމަތުގައި 36 އަހަރު މަސައްކަތްކުރި މި ދައްތަގެ ދިގު އިންތިޒާރަށް ރައީސް ސޯލިހު އެވަނީ ނިމުމެއް ގެނެސްދެއްވާފަ" ކަމަށެވެ. އަދި މިއީ ވައުދުވެ، ވައުދު ފުއްދާ ސަރުކާރެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް ކަމަށް ވެސް ޔައުގޫބް ވަނީ ވިދާޅުވެފަ އެވެ.

https://twitter.com/Yaugoob181/status/1457765305665478659?t=RsdU_Y-CZBNR4z3xQ50vkw&s=19

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވަނީ މިއަދު އެވެ.

މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށާއި އެކަން ތަންފީޒު ނުކުރެވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެބަދަލެއް ގެނައުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް