ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މިއަދު އެމްޓީސީސީ އާއި ހަވާލު ކޮށްފިއެވެ.
ޕްލޭނިންގް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން، 15،252 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައި 31،726 ކިއުބިކް މީޓަރަށް ފުން ކުރުން ހިމެނެއެވެ. އަދި ބަނދަރަށް ވަންނަ ނެރު 1،920 ކިއުބިކް މީޓަރަށް ފުންކުރުން ހިމެނެއެވެ.
162 މީޓަރ ގްރޮއިން ޖެހުމާއި، 285 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 65 މީޓަރ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން
186 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 160 މީޓަރ ކޮންކްރީޓް ކާރބް ޖެހުމާއި، 186 މީޓަރ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. އަދި ދިހަ މޫރިންގް ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 18 މަގު ބައްތި ހަރު ކުރުމާއި
1663.36 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން 420 ދުވަހުގެ ތެރޭގައި ނިންމަން ކުރިއަށްގެންދާ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ އަލްފާޟިލާ ޒީނިޔާ އަހްމަދު ހަމީދު އެވެ. އަދި، އެމްޓީސީސީ ގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް