ކޮލަމްބޯ ހިމެނޭހެން ލަންކާގެ ގިނަ ސަރަހައްދުތަކަށް ރަތް އެލާޓު ނެރެފި

އަވައްޓެރި ސްރީލަންކާގެ މޫސުން ވަރަށް ގޯސްވެ ގިނަ ސަރަހައްދުތަކަކަށް ރަތް އެލާޓު ނެރެފި އެވެ. ރަތް އެލާޓު ނެރެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަމްބޯއާއި ހުޅަނގާއި އުތުރު ހުޅަނގުގެ ހުރިހާ ޕ...

08 Nov 2021 | 17:39

އަވައްޓެރި ސްރީލަންކާގެ މޫސުން ވަރަށް ގޯސްވެ ގިނަ ސަރަހައްދުތަކަކަށް ރަތް އެލާޓު ނެރެފި އެވެ.

ރަތް އެލާޓު ނެރެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަމްބޯއާއި ހުޅަނގާއި އުތުރު ހުޅަނގުގެ ހުރިހާ ޕްރޮވިންސެއް ހިމެނެ އެވެ. އަދި ކޭންޑީއާ ނޫރައްލިއާ ޑިސްޓްރިކްޓު ހިމެނެ އެވެ.

ލަންކާގެ މީޓްރޮލޮޖީ ޑިޕާޓްމެންޓުން ބުނެފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 150 މިލިމީޓަރުގެ ވާރޭ އެ ސަރަހައްދުތަކަށް ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރަތް އެލާޓު ނުނެރޭ ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވަނީ އާދަޔާ ހިލާފު ބާރު ބަޔާއެކު އެވެ. އަދި ވިދާ، ގުގުރާނެ ކަމަށްވެސް ލަފާ ކުރެ އެވެ.

އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޑިޕާޓްމެންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ އިދާރާއިން ބުނީ ބިން ގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ ބިން ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިވެ ސަމާލުވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ލަންކާގެ މޫސުން ގޯސްވުމާއި ގުޅިގެން މިއަދު އެ ގައުމުގަ ފެށުމަށް ހަމަޖެއްސި މަހިންދްރަ ރާޖަޕަކްސާ ޓްރޮފީ ފުޓުބޯޅާ މުބާރާތް ވަނީ މާދަމާއަށް ފަސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް