ޑިޒައިން އެންޑް ބިލްޑް އުސޫލުން ބ. ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މިއަދު އެމްޓީސީސީ އާއި ހަވާލު ކޮށްފިއެވެ.
ޕްލޭނިންގް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން 14،929.60 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 41،101.00 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރުން ހިމެނެއެވެ.
22 މީޓަރ ގްރޮއިން ޖެހުމާއި، 70 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 425 މީޓަރ ސޭންޑް ފިލް ބްރޭކް ވޯޓަރ ޖެހުން ހިމެނެއެވެ. އަދި 90 މީޓަރ ރިވެޓްމެންޓް ޖެހުމާއި، ހަތަރު ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 350 މީޓަރ އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުން ހިމެނެއެވެ. ފަސް މޫރިންގް ބޮއި ހަރުކުރުމާއި އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ބްރިޖެއް އެޅުމާއި، ކޮންކްރީޓް ޕްލެޓް ފޯމެއް ހެދުން ހިމެނެއެވެ.
މީގެ އިތުރުން 18 މަގު ބައްތި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 1750.00 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމަން ކުރިއަށްގެންދާ 17.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ އަލްފާޟިލާ ޒީނިޔާ އަހްމަދު ހަމީދު އެވެ. އަދި، އެމްޓީސީސީ ގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް