ނިއުކާސަލްގެ ކޯޗަކަށް އެޑީ ހޯ ހަމަޖައްސައިފި

ނިއުކާސަލް ޔުނައިޓެޑުގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް އެޑީ ހޯ ހަމަޖައްސައިފި އެވެ. މި ކަމާއި ގުޅިގެން ނިއުކާސަލް ޔުނައިޓެޑުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ކުލަބުގެ ހުސްވެފައިވާ ކޯޗުގެ މަ...

08 Nov 2021 | 16:39

ނިއުކާސަލް ޔުނައިޓެޑުގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް އެޑީ ހޯ ހަމަޖައްސައިފި އެވެ.

މި ކަމާއި ގުޅިގެން ނިއުކާސަލް ޔުނައިޓެޑުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ކުލަބުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް އެޑީ ހޯ ހަމަޖައްސާ ފައިވާ ކަމަށާއި އަދި އެޑީ ކުލަބާއި އެކު ސޮއިކުރީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ކަމަށެވެ.

އެފްސީ ބޯންމަތް އާއި ބާންލީއަށް ވެސް ކޯޗު ކޮށްދީފައިވާ އެޑީ ކޯޗިން ދާއިރާއަށް ނިކުތީ 2008 ވަނަ އަހަރު އޭނާގެ ކުރީގެ ކުލަބު ބޯންމަތްގެ ހެޑް ކޯޗުގެ ގޮތުގައެވެ. އެގޮތުން އޭނާ 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް ބޯންމަތް އަށް ކޯޗު ކޮށްދިނުމަށް ފަހު 2012 ވަނަ އަހަރު އެޑީ ވަނީ ބާންލީގެ ކޯޗުކަމާ ވެސް ހަވާލުވެފައެވެ.

އެގޮތުން ބާންލީގައި އެއް ސީޒަން ހޭދަކުރުމަށް ފަހު އެޑީ ވަނީ ދެވަނަ ފަހަރަށް ބޯންމަތްގެ ކޯޗުކަމާއި ހަވާލުވެފައެވެ. އެގޮތުން  2013 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް އެޑީ ވަނީ ބޯންމަތްގެ ހެޑް ކޯޗުގެ ގޮތުގައި ހަރަކާތްތެރި ވެފައެވެ.

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން 408 މިލިއަން ޑޮލަރު ހޭދަކޮށްގެން ދާދި ފަހުން ނިއުކާސަލް ގަނެފައިވާއިރު، މި ކުލަބު ވެގެން ގޮސްފައިވަނީ މިހާރު ދުނިޔޭގައި އޮތް އެންމެ މުއްސަނދި ކުލަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް