ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު: ރައީސް ނަޝީދު

ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން މިނިމަމް ވޭ...

08 Nov 2021 | 15:23

ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން މިނިމަމް ވޭޖު ނުވަތަ އެންމެކުޑަ އުޖޫރަ ކަނޑައެޅުމުން، ސަރުކާރަށް ތަޢުރީފް ކުރައްވާ، ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމަނާފައިވާ އަދި އެޖެންޑާ 19ގައި ވެސް ހިމަނާފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވާ ކަމަށެވެ.

https://twitter.com/MohamedNasheed/status/1457670714744623106?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1457670714744623106%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F70157

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ސަރުކާރުން އިއުލާންކޮށްފައިވަނީ މިއަދު އެވެ. އެއީ 4500 ރުފިޔާ އެވެ.

އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅޫޥި މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށަޢީ އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

" މިބަލާއިއެކު ސިވިލް ސާޜވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 15،000 މީހުންނަށް މުސާރަ ރަނގަޅު ވެގެންދާނެ. އަދި ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މުސާރަ ރަނގަޅު ވެގެންދާނެ." މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެބަދަލެއް ގެނައުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އުޖޫރަ ކަނޑައަޅާފައިވާގޮތް:

– ކުދި ވިޔަފާރިތައް، 4،500 ރުފިޔާ

– މެދުފަންތީގެ ވިޔަފާރިތައް 7،000 ރުފިޔާ

– ބޮޑެތި ވިޔަފާރިތައް 8،000 ރުފިޔާ

– ބަޕްލިކް ސެކްޓަރ 7،000 ރުފިޔާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް