ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރު ކުރަން ވިސްނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިހާރު ސިވިލް ސާވިސް މަސައްކަތު ގަޑިއަކީ ހަ ގަޑިއިރެވެ. ސަރުކާރުން ވިސްނަމުން ދަނީ އެ ވަގުތު އަށް ގަޑިއިރަށް އިތުރު ކުރާށެވެ.
މިނިވަން ވޭޖް އިއުލާނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސިވިލް ސާވިސް ވަގުތު އިތުރު ކުރުމަށް ލަފާ ދިނީ މިނިވަން ވޭޖް ބޯޑުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބޯޑުގެ އެލަފާ އާއި އެއްގޮތަށް އަމަލު ކުރުމަށް އެކަމާ މެދު ވިސްނައި ގޮތެއް ނިންމަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ފައްޔާޒު ގަބޫލު ކުރައްވާގޮތުގައި ސިވިލް ސާވިސްގެ މަސައްކަތު ގަޑިއަށް ބަދަލު އަންނަން ޖެހެ އެވެ. އޭނާ ވިދާޅުވީ ވޭޖް ބޯޑުންވެސް އެ ގޮތަށް ލަފާދެއްވީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް މިހާރަށް ވުރެން ރަނގަޅަށް ދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް