މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑް ފިލްމު "ސޫރްޔަވަންޝީ" ގެ ލަވަތަކުގެ ތެރެއިން އެންމެ ވައިގަ ހިފައިގެން އުޅެނީ ޓިޕް ޓިޕް ބަރްސާ ޕާނީ އެވެ.
އެ ލަވަޔަކީ 1994 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މޮހޮރާ"ގެ ލަވައެކެވެ. އެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ "ސޫރްޔަވަންޝީ" ގެ ލީޑް އެކްޓަރު އަކްޝޭ އާއި އެކު ރަވީނާ ތަންޑޯލް އެވެ.
އަނެއްކާވެސް އަކްޝޭ އާއި އެކު އެ ލަވަ އާ ބަތަލާއި އަކާއި އެކު އާ ފިލްމަކުން ފެނިގެން ދިޔައި އިރު ކުރީގެ ލަވަޔާ މާބޮޑު ތަފާތެއް ނެތެވެ. މުޅިންހެން ވާރޭތެރޭގައި މަންޒަރުތައް ނަގާފައިވާ ލަވައިގަ ޒަމާނީ ރަހަ އާއިއެކު ނެށުންތަކަށް ގެނެސްފަ ހުރި ކުދި ބަދަލުތައް ފިޔަވާ މާބޮޑު ބަދަލެއް ނެެވެ.
ފިލްމު ރިލީޒްވުމާއި އެކު މި ދެ ލަވަ އަޅާކިޔުން ހޫނުކޮށް ސޯޝަލް މީޑިއާގައި ކުރިޔަށް ދާއިރު ކެޓްރީނާގެ ޓިޕް ޓިޕް ބަރްސާ ޕާނީ ބަލާފަ ގިނަ މީހުން ބޭނުންވަނީ ވާރޭ ތެމިލާށެވެ.
ބައެއް މީހުން ސިފަކޮށްފައިވާ ގޮތުގައި "ސޫރްޔަވަންޝީ" ގެ ޑައިރެކްޓަރު ރޯތިހް ޝެޓީ ވަނީ ކެޓްރީނާ ލައްވާ ރަވިނާގެ ރޯލު ކުޅުވައި ތަފާތު ދައްކާލާފަ އެވެ. އަދި ކެޓްރިނާވެސް ރަވީނާއާ އެއް ހަމައެއްގައި ހުނަރުވެރިކަން ދައްކާލާފައިވާ ކަމަށް ބުނެފައިވެ އެވެ.
ފޯރިއާއެކު ކުރިޔަށްދާ ބަހުސްތަކުން ކުރި ލިބެނީ ކެޓްރީނާއަށް ކަމެއް ނުވަތަ ރަވީނާއަށް ކަމެއް އަދި ބުނާކަށް ނޭނގެ އެވެ. އިންޑިއާއަކީ ކުރީގެ ފިލްމުތަކާއި ލަވަތަކަށް ލޯބިކުރާ މީހުން ގިނަ ގައުމަކަށް ވާތީ ކެޓްރީނާގެ އެކްޓިން އޭރުގެ ހިޓް އެ ލަވައިގަ ރަވީނާ ކޮށްފައިވާ އެކްޓިންއާ އަޅާ ކިޔަން ލަދުގަންނަން ޖެހޭނެ ކަމަށް ދަނީ ބުނަމުންނެވެ.
https://www.youtube.com/watch?v=l9u8Zb4fY1c
ބައެއް މީހުންނަށް ފަހުގެ ލަވަ ކަމު ނުދިޔަޔަސް ގިނައީ އެލަވަ ކަމުދާ މީހުންނެވެ. އެއީ ޔޫޓިއުބްގައި އެންމެ ޓްރެންޑިން ލަވަތަކުގެ ތެރޭގައި "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ ފަހުގެ ވާޝަން ހިމެނޭތީ އެވެ.
މި ލަވަޔަކީ އުޑިތު ނާރަޔަން އާއި އަލްކާ ޔަގްނިކް ކިޔާފައިވާ ލަވައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް