މި ސަރުކާރުގައި ދަރަނި ހުރީ 14 ބިލިއަން ރުފިޔާގަ – އެއީ ވަަރަށްބޮޑު ނުރައްކަލެއް: ރެޑްވޭވް ސަލީމް

މި ސަރުކާރުގައި ދަރަނި ހުރީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާގައި ކަމަށާއި އެއީ ވަަރަށްބޮޑު ނުރައްކަލެއް ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ...

08 Nov 2021 | 08:44

މި ސަރުކާރުގައި ދަރަނި ހުރީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާގައި ކަމަށާއި އެއީ ވަަރަށްބޮޑު ނުރައްކަލެއް ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސަލީމް ވަނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް 25 ބިލިއަން ރުފިޔާއަށް ބަދަލުކުރުމަށްފަހު، އަލުން ހުށަހެޅުމަށް އެދިވަޑައިގެންފަ އެެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަލީމް ވިދާޅުވީ ބަޖެޓުގައި އޮތީ ރަނގަޅު އަދަދެއް ނޫން ކަމަށާއި އެ އަދަދު އަދިމައްޗަށްދާނެ ކަމަށެވެ. އެގޮތުން 14 ނުވަތަ 15 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ކޮވިޑް ތެރޭގައި ދަރަނި ބޮޑުވެގެން ދިޔަ ނަމަވެސް މިހާރު މި އޮތީ އާއްމު ހާލަތަކަށް އާދެވިފަ. އެހެންކަމުން ދެން ޖެހޭނީ ދަރަނި ކުޑަކުރެވޭތޯ މަސައްކަތްކުރަން. އޭގެ ބަދަލުގައި ކޮވިޑްގެ ހާލަތުގަ އޮތް އިރު ދަރަނި ހުރި މިންވަރުގަ ހިފަހައްޓައިގެން ކުރިއަށް ގެންދިއުން އެއީ ސަރުކާރަށް އުފުލޭނެ ބުރައެއް ނޫން. އަދި ރައްޔިތުންނަށް ވެސް އުފުލޭނެ ބުރައެއް ނޫން." ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުގައި ދައުލަތުގެ ދަރަނި އެވްރެޖްކޮށް ހުރީ ހަތަރު ބިލިއަން ރުފިޔާގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް