އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަން ފަށައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ހުށަހެޅީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓު ބަހުސް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ބަޖެޓަށް ބަހުސް ކުރުމުގެ ފުރުސަތު މަޖިލީހުގެ78 މެމްބަރުންނަށް ލިބޭނެ އެވެ.
ކޮންމެ މެމްބަރަކަށް15 މިނެޓުގެ ވަގުތު ވަނީ ކަނޑައަޅާފަ އެވެ. އަދި ބަޖެޓުގެ ރިޕޯޓު ނިންމުމަށް ފަހު ކުރާ ބަހުސްގައި ކޮންމެ މެމްބަރަކަށް ވެސް އިތުރު ހަތް މިނެޓް ލިބިވަޑައިގަންނަވާނެ އެވެ.
ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކުންނެވެ.
ރިޔާސަތުން ނިންމާފައިވަނީ ބަޖެޓަށް ބަހުސް ކޮށް ނިންމަން ރޭގަނޑުވެސް ޖަލްސާ ބާއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް