މީމު އެއާޕޯޓް ފަޔާ ބިލްޑިންގެ ފައުންޑޭޝަން އެޅުން މުލީ ޑަބްލިއުޑީސީން ފާހަގަކޮށްފި

މީމު އެއަރޕޯޓް ފަޔާ ބިލްޑިން ގެ ފައުންޑޭޝަން އެޅުމުގެ މުނާސަބަތުގައި، މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ޚާއްސަ ސައިފޮދެއް ބާއްވައިފިއެވެ. މީމު އެއަރޕޯޓް ތަރައ...

08 Nov 2021 | 07:20

މީމު އެއަރޕޯޓް ފަޔާ ބިލްޑިން ގެ ފައުންޑޭޝަން އެޅުމުގެ މުނާސަބަތުގައި، މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ޚާއްސަ ސައިފޮދެއް ބާއްވައިފިއެވެ.

މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި،1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ. އަދި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމު ކުރުން ހިމެނެއެވެ.

އެމްޓީސީސީން އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ  221.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް