ލ. ގަމާއި ރ. ދުވާފަރުގައި ރީޖެނަލް ޖޮބް ސެންޓަރުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަލް އުސްތާޛް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް އިއުލާނު ކުރުމުގެ ޖަލްސާގައި ވާހަަަކަ ފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިކޮނޮމިކް ޖޮބް ޕޯޓަލްގެ ނިޒާމް ޤާއިމް ކޮށްފައިވީ ނަމަވެސް ފިޒިކަލް ޖޮބް ސެންޓަރުތައް ރާއްޖޭގައި ހުރުން މުހިންމު ކަމުގައެވެ. އެހެންކަމުން ލ. ގަމާއި ދުވާފަރުގައި ރީޖެނަލް ޖޮބް ސެންޓަރު ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.
ފައްޔާޒުގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ އަންނަމަހު ހުޅުމާލޭގައި ޤާއިމް ކުރާ ޖޮބް ސެންޓަރު ހުޅުވާނެ ކަމުގައެވެ. އަދި ކައުންސިލްތަކާއި ގުޅިގެން ކޮންމެ ކައުންސިލެއްގައި ޖޮބް ޑެސްކެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން މިހާރުވެސް ވަނީ ވަޒީފާގެ ފުރުސަތު ރާއްޖޭގައި އޮތްތޯ ބެލޭނެ ފުރުސަތު ކޮންމެ ތަނެއްގައި ހުރެގެންވެސް ބެލޭނެ ގޮތް ހޯދާ ދިނުމަށްޓަކައި ޖޮބް ސެންޓަރުގެ ޕޯޓަލް ޤާއިމް ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް