މިސްކިތްތަކަށް ކުޑަކަމުގޮސް، ހަތިމަކަށް ކުޅުޖަހާ މީހާ އެަން ކުރަނީ ބަޔަކު އަޑީގައި ތިބިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ދެ މިސްކިތަކަށް އަރައި ކުޑަކަމު ގޮސްފައިވާއިރު އެމީހާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ދުވަހު ވަނީ އެހެން މިސްކިތަކަށް ކުޑަކަމު ގޮސްފަ އެވެ. އަދި އިއްޔެ ހަމަ އެމީހާ ވަނީ މިސްކިތަކަށް އަރައި ކީރިތި ޤުރުއާނަށް ކުޅު ޖަހާފަ އެވެ.
މި މައްސަލައިގަ އިލްމުވެރިޔާ ޝެއިހް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސްކިތްތަކަށް ކުޑަކަމުގޮސް ހަތިމުތަކަށް ކުޅުޖެހުމަކީ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ޖަރީމާތަކަށް ފިޔަވަޅު ނޭޅޭނަމަ ހަމަނުޖެހުންތަކަކަށް މަގުފަހިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމީހާގެ އަމަލަކީ ލާދީނީ ބަޔަކު އަޑީގައި ތިބެގެން ކުރުވާކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
https://twitter.com/alizaid1000/status/1457331968333344768
އެ މައްސަލައިގަ ހައްޔަރު ކުރީ އުމުރުން40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކުރިން އޭނާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ ދެ މިސްކިތައް ކުޑަކަމުދިޔަ މައްސަލަ ތަހުގީގުކޮށް ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް