ރާއްޖޭގައި ބޭނުންކުރާނެ މިނިމަމްވޭޖް އަދަދުތައް ކަނޑައަޅައި އެކަން އިއުލާނުކޮށްފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައަޅައި މިކަން އިއުލާނުކޮށްފައިވަނީ މިހާރު ހޮޓެލް ޖެންގައި މިކަމަށް ކުރިއަށްދާ ރަސްމިއްޔާތުގައެވެ.
އިއުލާނުކުރި ދާއިރާތަކާއި މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި އަދަދުތަކަށް ބަލާއިރު ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް ކަނޑައެޅީ 4500ރ އެވެ. މެދުފަންތީގެ ވިޔަފާރިތަކަށް 7000ރ އެވެ. ބޮޑެތި ވިޔަފާރިތަކަށް މަަހަކު 8000ރ އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް މަހަކު 7000ރ އެވެ.
މިނިމަމް ވޭޖް މިއަދު އިއުލާނުކޮށްފައިވާއިރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތީ ވިއްސަކަށް އަހަރު ވެފައިވާއިރު މިކަން ކުރިން ކުރިނަމަ މިކަން ކުރުމުގައި ދިމާވި ގޮންޖެހުންތައް ބޮޑު ނުވީސް ކަމަށެވެ.
މި އަދަދުތަކަކީ އިގްތިސާދަށާއި ވަޒީފާ އަދާކުރާ ފަރާތަށާއި ވަޒީފާ ދޭ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަދަދުތަކެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް