މިސްކިތްތަކަށް ކުޑަކަމުގޮސް، ޚަތިމަށް ކުޅުޖެހި މީހާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިނުވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ހެނދުނު މީޑިއާތަކަށް ބުނެފައިވަނީ ޒިޔާދުގެ މައްސަލައާއި ގުޅިގެން އެ މިނިސްޓްރީން އެޓެންޑްކޮށް ބެލިބެލުމުން، މިފަރާތަކީ ނަފްސާނީ މައްސަލައެއް ހުރި ފަރާތެއް ކަމަށް ފާހަގަ ކުރެވިފައި ނުވާތީ، މައްސަލަ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެން.ޑީ.އޭއަށް ރެފަރ ކުރެވިފައިވާނެކަމަށެވެ.
"އަދި މި މައްސަލަ ގާތުން ދަނީ މޮނިޓަރ ކުރެވެމުންނެވެ" ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.
ރައީސް އޮފީސް ކުރިމައްޗަށާއި ދެ މިސްކިތަކަށް ކުޑަކަމު ދިޔަ މައްސަލައެއްގައި އުމުރުން 40 އަހަރުގެ، މ. ޝޭޑީހޯމް، ހަސަން ޒިޔާދު މީގެ މަހެއްހާ ދުވަސް ކުރިންވެސް ހައްޔަރު ކުރިއެވެ. އެފަހަރު ދޫކޮށްލީ ނަފްސާނީ މައްސަލައެއް ހުރިކަމަށް ބުނެއެވެ.
އޭގެ ފަހުން ހަމަ މި މީހާ، މިސްކިތެއްގެ ހަރިންމަ ތެރެއަށް ކުޑަކަމުދިޔަ މައްސަލައެއްވެސް ފެންމަތިވިއެވެ. އަދި އިއްޔެ އާންމުން މި މީހާ ފުލުހުންނާ ހަވާލުކުރި މިސްކިތަކަށް އަރާ ހަތިމަކަށް ކުޅުޖެހި މައްސަލައެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް