ޖައްވުގައި ހިނގި ޗައިނާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓަކަށް ވަންގ ޔާޕިންގ ވެއްޖެ އެވެ.
އޭނާ ޖައްވަށް ދިޔައީ ޗައިނާގެ ޝެންޒޯއޫ-13 މިޝަންގެ ކްރޫއެއްގެ ގޮތުގައި އެވެ. މި ދަތުރަކީ ޗައިނާއިން ޖައްވުގައި ހަދާފައިވާ ސްޓޭޝަން ކަމަށްވާ ޓިއަންގޮންގް ސްޕޭސް ސްޓޭޝަންގެ މަސައްކަތްތަކެއް ކުރުމަށް އެޓީމުން ކުރާ ދަތުރެކެވެ.
ޓީމްގެ މެމްބަރުންނާއި އެކު އެ މަސައްކަތް ކުރުމަށް ސްޓޭޝަނުން ބޭރަށް ނުކުމެ ޖައްވުގައި ވަންގ ޔާޕިންގ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. މި މަސައްކަތުގައި އެމީހުން 15 ދުވަހު ޖައްވުގައި ހޭދަ ކުރާނެ ކަމަށް ޗައިނާއިން ބުނެފައިވެ އެވެ.
އޭނާ އަކީ ޗައިނާއިން ޖައްވަށް ދިޔަ ދެވަނަ އަންހެން އެސްޓްރޮނޯޓެވެ.
އެންމެ ފުރަތަމަ ޖައްވަށް ދިޔައީ މޭޖާ ލިއު ޔާންގް އެވެ. އޭނާ ޖައްވަށް ދިޔައި 2012 ވަނަ އަހަރުގެ ޖޫން16 ގައި އެވެ.
މި ދެމީހުންނަކީވެސް ޗައިނާ އަސްކަރިއްޔާގައި މަސައްކަތް ކުރާ ދެމީހުންނެވެ.
އިއްޔެ ޖައްވުގައި ފުރަތަމަ ފަހަރަށް ހިނގި ޗައިނާގެ އަންހެން އެސްޓްރޮނޯޓު ވަންގ ޔާޕިންގ އެ ގައުމުގެ އަސްކަރިއްޔާއާ ގުޅިފައިވަނީ199 7 ވަނަ އަހަރު އެވެ. މިހާރު އެއީ ޑެޕިއުޓީ ސްކޮޑްރަން ކޮމާންޑަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް