ޢުމުރުން ދުވަސްވީ މީހުން ރައްކާތެރިކަމާއެކު އޮފީހަށް ނުކުތުން މައްސަލައެއް ނެތް: އެޗްއީއޯސީ

ޢުމުރުން ދުވަސްވީ މީހުން ރައްކާތެރިކަމާއެކު އޮފީހަށް ނުކުތުން މައްސަލައެއް ނެތް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަ...

08 Nov 2020 | 18:01

ޢުމުރުން ދުވަސްވީ މީހުން ރައްކާތެރިކަމާއެކު އޮފީހަށް ނުކުތުން މައްސަލައެއް ނެތް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ފެންނަމުންދާ ކޭސްތައް މަދުވުމާއެކު، ހައިރިސްކް މީހުންނާއި ޢުމުރުން ދުވަސްވީ މީހުން އޮފީސްތަކަށް މަސައްކަތު ނުކުތުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ނަމަވެސް އޮފީހުގެ މަސައްކަތަށް ނުކުންނަންވާނީ ސަލާމަތީ ކަންކަމާއެކުގައި ކަމަށާއި އެހެން ނޫނީ ގޭގައި މަޑު ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެފަދަ މީހުން މިސްކިތުގެ ޖަމާޢަތަށް ދިއުމަކީ އަދިއެހާ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެއީ މިސްކިތަށް ދާ އެންމެންނަކީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދާ މީހުން ނޫން ކަމަށްވާތީ އެވެ.

"މިސްކިތަށް ދާ އެންމެން ނާޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް. މިސާލަކަށް އޮފީހުގަ އިނދެފަ، ބަންގި ގޮވީމައި މުސައްލަ ނުލާ ފަހަރެއްގަ ދެވިދާނެ. އެކަމަކު ވިސްނަންވީ ކަމަކީ އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް. ތިމާގެ ފަރާތުން އަނެކާއަށް މިބަލި ފެތުރުނަ ނުދިނުމަށް ސަމާލުކަން ދޭންވާނެ" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް