ކޯވިޑްގައި ރާއްޖެއިން 40 ވަނަ މީހަކު މަރުވެއްޖެ

ކޯވިޑް ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެޗްއީއޯސީން ބުނީ އެމީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ...

08 Nov 2020 | 17:47

ކޯވިޑް ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެޗްއީއޯސީން ބުނީ އެމީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭވެރިކަން ނުވާކަމަށް އެޗްއީއޯސީން ބުނެ އެވެ. އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 7:25 ގައި އެވެ.

އޭނާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ މަރުވުމުން ޓެސްޓު ހެދުމުންނެވެ. އެހެންވެ މި މަރަކީ ކޯވިޑްގެ މަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 40 ވަނަ މީހާ އެވެ. އަދި މިއީ މި ބަލީގައި ރާއްޖޭގައި މަރުވި ހަތް ވަނަ ބިދޭސީ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ގައި މަރުވެފައިވާ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހުންނާއި ފިލިޕިންސް މީހެކެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 11،986 އަށް އަރާފައި އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 11،092 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް