ރާއްޖެއިން އިތުރު 24 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 18 މީހުންނާއި އަތޮޅުތެރެއިން ހަ މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި ހަ ބިދޭސީންނެވެ..
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،392 ސާމްޕަލެވެ.
މިވަގުތ ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 847 މީހުންނަަށެވެ. އޭގެ ތެރެއިން 60 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 226 މީހުން އެބަތިއްބެވެ.
މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،092 މީހުންނެވެ.
ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 11،986 އަށް އަރާފައި އެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ 40 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް