މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް 28 ފަރާތަކުން ކުރިމަތިލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލުމުން 28 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ މީޑިއާ ...

08 Nov 2020 | 16:41

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލުމުން 28 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލަށް އިންތިޚާބު ކުރާ ޢާންމުންގެ ހަތް މެމްބަރުންގެ ގޮނޑިއަށް 14 ފަރާތަކުން އަދި މީޑިއާތަކުގެ 8 މެމްބަރުންގެ ގޮނޑިއަށް ވެސް 14 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

15 މެންބަރުންގެ މައްޗަށް މީޑިއާ ކައުންސިލު އެކުލެވިގެންވާ އިރު، މި އިންތިޚާބުގައި ވޯޓުލެވެނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.

މީޑިއާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް