މިއީ ގައުމެއްގެ ގޮތުގައި އެންމެން އަތުގުޅާލަންވީ ވަގުތު: ބައިޑެން

މިއީ ގައުމެއްގެ ގޮތުގައި އެންމެން އަތުގުޅާލަންވީ ވަގުތު ކަމަށާއި ރުޅިވެރިކަމާއި ނަފުރަތާ އެއްކައިރި ކުރަންވީ ވަގުތު ކަމަށް އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ. އެމެރިކާގެ އިންތިޚާބު ކ...

08 Nov 2020 | 15:20

މިއީ ގައުމެއްގެ ގޮތުގައި އެންމެން އަތުގުޅާލަންވީ ވަގުތު ކަމަށާއި ރުޅިވެރިކަމާއި ނަފުރަތާ އެއްކައިރި ކުރަންވީ ވަގުތު ކަމަށް އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ބައިޑެންގެ އުފަން ސިޓީ ޑެލްވެއާގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ މިއީ ހެދިފައިވާ ފުން ޒަޚަމްތައް ރަނގަޅުކުރަންވީ ވަގުތު ކަމަށެވެ. އަދި އެމެރިކާގެ ހުރިހާ ރައްޔިތުން އެއްބަޔަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ބައިޑެން ވިދާޅުވީ ވެރިކަން ކުރާނީ އެމެރިކާގެ ރައީސްގެ ގޮތުގައި ކަމަށާއި މަސައްކަތްކުރާން ވޯޓު ނުދޭ މީހުންނާއި ވޯޓުން ދިން މީހުންނަށް ކަމަށެވެ.

މީގެ އިތުރުން އެމެރިކާގެ 46 ވަނަ ރައީސް ބައިޑެން ވިދާޅުވީ އެއް ގައުމެއްގެ ގޮތުގައި ދެމި އޮންނަން މަސައްކަތްކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"އެމެރިކާގައި ނުލާއި ރަތުގެ ސްޓޭޓްތަކެއް ނޯންނާނެ. މިއީ ޔުނައިޓެޑް ސްޓޭޓްސް އެމެރިކާ." ޖޯ ބައިޑެން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް