ކޭވައިއެސް ފުޓްސެލް ޗެލެންޖު ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޒީރު ސްޓަރސްގެ މައްޗަށް ސީއެސް ވުމަންސް ކުރި ހޯދައިފި އެވެ.
އިއްޔެ އާ ރޭ ކުލެން އޮތް މެޗުތައް މުސުން ގޯސްވުމުގެ ސަބަބުން މިއަދަށް ލަސްކޮށްފައިވާ އޮރު، މިއަދު ހަވީރު ކުޅުނު މި މެޗު ސީއެސް ވުމަންސް އިން ކާމިޔާބު ކުރީ 0-2 ލަނޑުން ނެވެ.
މި މެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ ޝަހުލާ އާދަމް އާއި ސާލިމާ މުޙައްމަދު އެވެ.
މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ލިބުނީ ޝަހުލާ އާދަމް އަށެވެ.
މި މުބާރާތުގައި މިރޭ ބައްދަލު ކުރާނީ ޓަރފް ކްއީން އާއި ސަންދިޔާ އެވެ.
މިއީ ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ވަނީ 5 ޓީމަކުން ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް