ކައިވެނިކުރިގޮތަށް ކާޖަލް އަގަރުވާލާއި ގޯތަމް ކިޗްލޫ މާމުއި ހަނދަށް ރާއްޖެ

ތެލުގޫ، ހިންދީ އަދި ތަމިލް ގިނަ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ ބަތޮލާ، ކާޖަލް އަގަރުވާލާއި އޭނާގެ ފިރިމީހާ، ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫ ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ. މި ޖޯޑު މާމުއި ހަނދަށް ރާއް...

08 Nov 2020 | 12:16

ތެލުގޫ، ހިންދީ އަދި ތަމިލް ގިނަ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ ބަތޮލާ، ކާޖަލް އަގަރުވާލާއި އޭނާގެ ފިރިމީހާ، ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫ ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.

މި ޖޯޑު މާމުއި ހަނދަށް ރާއްޖެއައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮންރަޑް މޯލްޑިވްސްގައެވެ.

ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫއާއި ކާޖަލް އަގަރުވާލް ކައިވެނިކޮށްފައިވަނީ މީގެ ދެ ދުވަސްކުރިންނެވެ.

ކާޖަލް އަގަރުވާލަކީ 2004 ވަނަ އަހަރުން ފެށިގެން ހުއްޓުމެއްނެތި އަހަރަކު ހައެއްކަ ފިލްމު ކުޅެމުން އަންނަ ކުޅަދާނަ ބަތޮލާއެކެވެ. އޭނާ ކުޅެފައިވާ ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި މުމްބައި ސާގާ، ދޯ ލަފްޒޯކީ ކަހާނީ، ސްޕެޝަލް 26، ސިންގަމް، އަދި ކިޔޫނ ހޯގަޔާނާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް