ބީއެމްއެލް އިން ކެންސަރ ސޮސައިޓީއަށް ދޮޅުލައްކަ ރުފިޔާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ( ސީއެސްއެމް) އަށް 150،000 ރުފިޔާ ހަދިޔާކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއްވާގޮތުގައި މިއީ އެ ޖަމިއްޔާއިން އުރަމަތީގެ ކެ...

08 Nov 2020 | 11:53

ބޭންކް އޮފް މޯލްޑިވްސް އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ( ސީއެސްއެމް) އަށް 150،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއްވާގޮތުގައި މިއީ އެ ޖަމިއްޔާއިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ޕިންކް ރިބަން ރަން- ވޯލްކް އަށް ދެވުނު އެހީއެކެވެ.

މިއަދު ހެނދުނު މި އެހީ އެޖަމިއްޔާ އާ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. ހަދިޔާކޮށްދެއްވުމަށްފަހު ޓިމް ވަނީ ސީއެސްއެމްގެ ބައެއް މެންބަރުންނާއި އުރަމަތީގެ ކެންސަރުން ފަރުވާ ހޯދައި ރަނގަޅުވެފައިވާ ފަރާތްތަކާއި އަދި މި ބަލިން ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކެންސަރު ބަލިން ރަނގަޅުވި ފަރާތްތަކުންވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އަދި އުއްމީދާއެކު މަސައްކަތްކުރިކަމުގެ އިބްރަތްތެރި ވާހަކަތައް ހިއްސާކޮށްފައެވެ.

މިއަހަރުގެ ޕިންކް ރިބަން ރަން- ވޯލްކް ހަރަކާތް ބޭއްވުނީ ވަރޗުއަލް އިވެންޓެއްގެ ގޮތުގައެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން އަންނަނީ އެ ބޭންކު އިޖްތިމާއި ޒިންމާގެ ދަށުން ކެންސަރ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް