ފިޔަވަތި މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ފިޔަވަތި މޮނިޓަރިން އަށްލީ އެ ތަނުގައި ތިބި ކުޑަކުދިންތަކަކާއި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން ނެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ފިޔަވަތިން ކޮވިޑަށް ޕޮޒިޓިވްވި ކުދިންގެ ކޮވިޑްގެ ފައިނަލް ޓެސްޓު ހުރިހައި ކުދިން ވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
އެހެންވެ، ފިޔަވަތި މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ފިޔަވަތިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
ނަމަވެސް އޭގެ ފަހުން އިތުުރު 19 މުވައްޒަފުން ޕޮޒިޓިވްވި އިރު، ގިނަ ޢަދަދެއްގެ ކުދިން ވެސް އެތަނުން ޕޮޒިޓިވްވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް