ބިދޭސީ އުމްރާ ވެރިންނަށް ސައުދީ އަރަބިއްޔާ ހުޅުވުމާލާފައި ވާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި 2 މިލިއަނެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް، ސައުދީ ޕްރެސް އޭޖެންސީއިން ހާމަ ކޮށްފި އެވެ.
އުމްރާ ވުމަށް އެދި ހުށަހެޅުމަށް ސައުދީއިން ވަނީ ޚާއްސަ، ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފު ކޮށްފައިވާ އިރު، މި 2 މިލިއަނެއްހާ މީހުންނަކީ، އެ އެޕްލިކޭޝަން މެދުވެރިކޮށް، ރަޖިސްޓްރީ ކުރި މީހުން ކަމަށް ވެސް ސައުދީ ޕްރެސް އިން ބުނެއެވެ.
ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދު އަލް-ޙަރަމްގައި އަޅުކަން ކުރުމަށް އެދި، ނުވަ ލައްކައެއްހާ މީހުން ވަނީ ހުށަހަޅާފަ އެވެ.
ލުއި ދިނުމުގެ މަރުހަލާއިން މިވަގުތަށް އޮތް އެންމެ ފަހު މަރަހާގެ ގޮތުގައި 3 ވަނަ މަރުހަލާ ތަންފީޒު ކޮށް، ބިދޭސީ އުމްރާވެރިންނަށް ސައުދީއިން މަރުހަބާ ކިޔަން ފެށީ މި ހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.
ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން މުސްލިމުންގެ އެންމެ މުގައްދަސް މަސްޖިދުލް ޙަރަމްގައި އާންމުކޮށް ނަމާދު ކުރުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ހުޅުވާލި އިރު، 4 ވަނަ މަރުހަލާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން މުޅިން ނިމުމަކަށް އައުމުން ތަންފީޒު ކުރަން ފަށާ މަރުހަލާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް