އެސްޑީއެފްސީއިން ކުދި ވިޔަފާރިތަކަށް 316 މިލިއަން ރުފިޔާ ދޫކޮށްފި

އެސްއެމްއީ ޑިވެލޮޕްމެންް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް  ވިޔަފާރިތަކަށް 316.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. މިއީ ކޮވިޑް-19 އިގެ ސަބަބުން މާލީ ދަތިތަކާ ކުރމަތިލާން ޖެހުނު މެދު އަދި ...

08 Nov 2020 | 11:28

އެސްއެމްއީ ޑިވެލޮޕްމެންް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް  ވިޔަފާރިތަކަށް 316.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. މިއީ ކޮވިޑް-19 އިގެ ސަބަބުން މާލީ ދަތިތަކާ ކުރމަތިލާން ޖެހުނު މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ދޫކުރި ފައިސާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން، މިދިޔަ މަހުގެ 27 ގެ ނިޔަލަށް 1،955 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. އެހާތަނަށް 3،834 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި 636 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވެ އެވެ.

ޓޫރިޒަމް ދާއިރާއަށް ކުދި އަދި މެދު ފަންތީގެ 234 ވިޔަފާރިއަކަށް 53.7 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެ އެވެ. އަދި ޓްރާންސްޕޮޓޭޝަން ހިދުމަތްދޭ 78 ވިޔަފާރިއަކަށް 19.5 މިލިއަން ދޫކުރަން އެސްޑީއެފްސީއިން ނިންމާފައިވާކަން ފިނޭންސްގެ ތަފާސްހިސާބު ބަލާލުމުން އެގެ އެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ 1،909 މީހަކު ވަނީ ލޯނު އެހީއަށް އެދިފަ އެވެ. އޭގެ ތެރެއިން 644 ފަރާތަކަށް، 19.2 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމައިފަ އެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13 ވިޔަފާރިއަކަށް 2.2 މިލިއަން ރުފިޔާ، ކޮންސްޓްރަކްޝަން ދާއިރާގެ 194 ވިޔަފާރިއަކަށް 56.1 މިލިއަން ރުފިޔާ، މަސްވެރިކަމުގެ ދާއިރާގެ 22 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ، މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާގެ 112 ވިޔަފާރިއަކަށް 18.4 މިލިއަން ރުފިޔާ ދޭން އެސްޑީއެފްސީ ވަނީ ނިންމައިފަ އެވެ.

އިތުރަށް ފިނޭންސްުގެ ތަފާސްހިސާބުތަކުގައި ވާގޮތުން އަމިއްލަ މަސައްކަތްކުރާ 344 އަންހެނަކު ވަނީ ލޯނަށް އެދިފަ އެވެ. އޭގެ ތެރެއިން 118 މީހަކަށް، ޖުމްލަ 3.5 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. އަދި އަންހެނުން ހިންގާ 428 ވިޔަފާރިއަކަށް 108.6 މިލިއަން ރުފިޔާގެ ލޯނު ދޫކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.

މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން ދައްކާ ގޮތަށެވެ. "ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީ އިން ތައާރަފު ކުރި ލޯނު ސްކީމުގެ ދަށުން 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް