މަސްވެރިންގެ ދަތިތަށް ހައްލުކުރަން ގޮވާލައި އިދިކޮޅުގެ ގަރާރެއް މަޖިލީހަށް

މަސްވެރިންނަށް ދިމާވާ ދަތިތަށް ހައްލުކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. އެ ގ...

08 Nov 2020 | 11:03

މަސްވެރިންނަށް ދިމާވާ ދަތިތަށް ހައްލުކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅީ ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އެވެ. އޭނާގެ ގަރާރުގައި ބުނެފައިވަނީ، މަސްވެރިން މަސް ކިރުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ކިޔޫގައި ޖެހެން ޖެހުމުގެ ސަބަބުން، ހަރަދު ބޮޑުވުމުގެ އިތުރުން މަސްވެރިންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމުގެ އިތުރުން ކަޅު ބިލަމަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ބޮޑެތި މާލީ ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންނަށް ދިމާވާ ދަތިތަށް ހައްލުކޮށް ދިނުމުގެ ގޮތުން ބާނާ މަސްކޮޅު އަވަހަށް ކިރޭނެ ގޮތެއް ހަމައްޖައްސައިދީ އަދި ވަގުތުން ފައިސާ ލިބޭނެ ނިޒާމެއް ގާއިމްކޮށް ދިނުމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް މިހާރު މަސްވެރިކަން ރަނގަޅުވެފައި ވީނަމަވެސް މަސް ނުކުރި ކިޔޫގައި ގިނަ ދުވަހު ޖެހެން ޖެހުމުގެ ސަބަބުން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް