ކެފޭ/ ރެންޓޯރެންޓުތަކާއި ފިހާރަތައް ހުޅުވައި ހިދުމަތް ދެވޭ ވަގުތައް ބަދަލު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑި ފަތިހު 5:00 ން ރޭގަނޑު 11:00 އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކެފޭ/ ރެސްޓޯރެންޓުތަކާއި ސައި ހޮޓާތައް ފަތިހު 4:30 ން ރޭގަނޑު 11:30 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
މި ބަދަލު ގެނައީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރާ ފިހާރަތަކުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކެފޭ/ ރެސްޓޯރެންޓުތަކާއި ސައި ހޮޓާތަކުގައި ވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
ކޯވިޑް-19 އައި ގުޅިގެން މާލެ ސަރަހައްދުގައި އަޅާ ފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އެޗްޕީއޭއި ން ވަނީ ރެއިން ފެށިގެން ލުއި ދީފަ އެވެ، މި ލުޔާއެކު، ކާފިއު ގަޑި ވަނީ ދަންވަރު 12 އިން ފަތިހު ހަތަރަކަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް