ފަތުރުވެރިންނާއި މުވައްޒަފުން އައިސޮލޭޓު ކުރަން ހުޅުމާލެއިން ގެސްޓްހައުސް ހޯދަނީ

ރާއްޖެ އަންނަ ފަތުރުވެރިންނާއި ރިޒޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒިފުންއ އައިސޯލޭޓް އަދި ކަރަންޓީނު ކުރުމަށް ހުޅުމާލެއިން ގެސްޓްހައުސް ނޫނީ ހޮޓާ ކަނޑައެޅުމަށް ނިންމައިފި އެވެ. ޓޫރިޒަމް މިނިސްޓްރީއި...

08 Nov 2020 | 08:52

ރާއްޖެ އަންނަ ފަތުރުވެރިންނާއި ރިޒޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒިފުންއ އައިސޯލޭޓް އަދި ކަރަންޓީނު ކުރުމަށް ހުޅުމާލެއިން ގެސްޓްހައުސް ނޫނީ ހޮޓާ ކަނޑައެޅުމަށް ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިން އަދި ރިޒޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ތިން ތަނެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ތަންތަނުގައި ކޮވިޑް-19 އަށް ޕޮސިޓުވާ އަދި ކޮންޓްރެކްޓް ޓްރޭސިން ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ މުވައްޒިފުން އެ ތަންތަނުގައި ކަރަންޓީނު ކުރާނެ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ފަތުރުވެރިންނާއި މުވައްޒިފުން އައިސޯލޭޓް އަދި ކަރަންޓީނު ކުރުމަށް މިނިސްޓްރީން ހޯދަނީ ތިން ގެސްޓްހައުސް ނުވަތަ ހޮޓާ ކަމަށެވެ. އަދި އެތަންތަނުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ގެސްޓް ހައުސް ނުވަތަ ހޮޓަލުގައި ހުންނަން ޖެހޭ ޝަރުތުތައް:

1- އެންމެ މަދުވެގެން 15 ކޮޓަރި ހުރުން

2-ހުޅުމާލޭގައި ހުރި ތަނެއް ކަމުގައިވުން

3-ތިން މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް އެ ތަންތަން ލިބުން

4-އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް އެ ތަނަކުން ހަމަޖެހެން ހުރުން

5-އެޗްޕީއޭގެ އެންމެހާ ގަވާއިދުތަކަށް ފެތޭ ފަދަ ތަނަކަށްވުން

ޓޫރިޒަމް މިނިސްޓްރީން ބުނީ ކަރަންޓީނު އަދި އައިސޯލޭޓް ކުރުމަށް ތަން ދޭން ޝައުގުވެރިވާ ފަރާތްތަކުން 22 ނޮވެންބަރު ވާ އާދީއްތަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 30 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 19 ނޮވެމްބަރު ގެ މެންދުރު 2:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިވަގުތު ރާއްޖޭގެ 15 ރަށާއި، 28 ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް 52 ފަތުރުވެރިންނާއި 120 މުވައްޒަފުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް