އެއްވެ އުޅުމުގެ ގަވައިދަށް ބަދަލު ގެނެސް ޕާކާއި ދަރުލް އާސާރު ހުޅުވުމުގެ ހުއްދަ ދީފި

ކޯވިޑް-19 އާއި ގުޅިގެން އާންމު ތަންތަނުގައި އެއްވެ އުޅުމާއި ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަން ބަންދު ކުރި ކުރުމަށް ބަދަލު ގެނެސްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ އެންގުމަކުން ވަނީ ޕާކުތަކާއި ...

08 Nov 2020 | 08:50

ކޯވިޑް-19 އާއި ގުޅިގެން އާންމު ތަންތަނުގައި އެއްވެ އުޅުމާއި ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަން ބަންދު ކުރި ކުރުމަށް ބަދަލު ގެނެސްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ އެންގުމަކުން ވަނީ ޕާކުތަކާއި ދާރުލް އާސާރުތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން ޕާކުތަކާއި މައިޒާންތައް އަދި މިއުޒިއަމްތަކުގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ވިޔަފާރި ކުރާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވާލުމުގެ ހުއްދަ ދީފައިވެ އެވެ.

އަދި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދީފައިވެ އެވެ. އެކަމަކު މުބާރާތްތައް ބޭއްވުމުގެ ހުއްދައެއް ނުދެ އެވެ.

މީގެ އިތުރުން 15 މީހުންނަށްވެސް ގިނަ ނުވާނެގޮތަށް ކުޅިވަރުތައް ބަލަން ދިއުމަށް ހުޅުވާލާފައިވެ އެވެ.

މީގެ ކުރިން މާލެ ސަރަައްދުގައި އާންމު ތަންތަނުގައި އެކުގައި ގިނަވެގެން އުޅެވޭ މީހުންގެ އަދަދަކީ ފަހެކެވެ. އެ އަދަދުވެސް ވަނީ 15 އަށް އިތުރުކޮށްފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ޒިޔާރަތް ކުރާ ތަންތަނުގެ ތެރޭގައި ހިމެނޭ މާލޭ ދާރުލް އާސާރާއި އުތީމު ގަނޑުވަރު، ރަސްފަންނަނު، ރަސްރަނި ބަގީޗާ ބަންދުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް