ކޮރަޕްޝަން އިރާދާކުރެވިއްޔާ ރާއްޖެއިން އެއްކޮށް ނައްތާލައި، ކޮރަޕްޝަނަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަމަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
ރޭ ދިވެހިއްރާއްޖެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، އޭނާގެ އަމާޒަކީ ރާއްޖެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަން ރާއްޖެއިން އެއްކޮށް ނައްތާލުމަށް ޕީޖީ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މިވަގުތަށް ބޭނުންވާ ބައެއް ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ކަމަށްވެސް ޝަމީމު ވިދާޅުވި އެވެ.
ބޮޑެތި ކުށްތަކަށް މީހުން އަރައިގަންނަން ފަސް ނުޖެހެނީ އެ ފަދަ މައްސަލަތަށް ތަހުގީހު ކުރުމުގައި ދިމާވާ ލަސްތަކުގެ ސަބަބުންނާއި ކޯޓުތަކުގައި މައްސަލަށް ހިނގާ ލަސް ސްޕިޑުގެ ސަބަބުންނެވެ. ނަމަވެސް ޕީޖީ ވިދާޅުވީ މިހާރު ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަ ހުއްޓިފައި ނުހުންނާނެ ކަމަށާއި، އެފަދަ މައްސަލަތަށް އަވަހަށް ނިންމުމުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
އިތުރަށް ޝަމީމް ވިދާޅުވީ ފާއިތުވި 10 އަހަރު ކޮރަޕްޝަނުގެ ކުށްތަކުގައ ދައުވާ ނުކުރޭ މިންވަރަށް މިދިޔަ ހަ މަސް ދުވަހުގައި ވަނީ ދައުވާ ކުރަން ފޮނުވާފައި ކަމަށެވެ.އެހެން ކަމުން ނޮވެންބަރު މަސް ވާނީ ބުރަ މަހަކަށް ކަމަށާ މި މަހު ފަށާ ޝަރީއަތްތަކާއެކު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިދިޔަ އަހަރު އަހަރު ދުވަހު ސާބިތުވެފައި ނުވާ މިންވަރަށް ކޮރަޕްޝަންގެ މައްސަލަތައް ސާބިތު ކުރެވޭނެ ކަމަަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިންގެ ތެރެއިން އެކަމުގައި އިސްކޮށް ހިމެނޭ ގިނަ ބައެއްގެ މައްސަލަތައް ވަނީ ނިމިފަ އެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރާއި މި ސަރުކާރުގެ އަދި އެ ނޫން މީހުން ވެސް ހިމެނޭ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ އެ މީހުން އެ ކުރަނީ "ވައްކަމެއް" ކަން އެނގިހުރެ އެކަން ކުރި މީހުން ކަމަށް ޝަމީމު ވިދާޅުވި އެެވެ.
އަދި އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތާ ގުޅޭ މީހުންގެ މައްޗަށް ދައުވާކުރުމަށް އޭނާއަށް ނުފޫޒެއް ނެތްކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް