ފޭރު ގިނައިން ކާނަމަ ގިނަ ބަލިތަކަކުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑު !

ފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފޭރުގައި ވެސް ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދި ވެސް އެހެނިހެން ކާނާގެ ބައިތައް ހިމެނެއެވެ. މިއީ ރޯމޭވާގެ ގޮތުގައި ކެއުމުގެ އިތ...

08 Nov 2020 | 05:55

ފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފޭރުގައި ވެސް ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދި ވެސް އެހެނިހެން ކާނާގެ ބައިތައް ހިމެނެއެވެ. މިއީ ރޯމޭވާގެ ގޮތުގައި ކެއުމުގެ އިތުރުން، ފަނި ގިރައިގެންނާއި، ދަޅުގައި ބަންދުކޮށްގެން، ޖޭމު ހަދައިގެން، އަދި ސަލަޑް ފަދަ ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ފޭރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.

ފޭރަކީ ރާއްޖޭގެ ރަށްތަކުގައި ވަރަށް އާންމުކޮށް ހެދޭ މޭވާއެކެވެ. ފޭރާއި ފޭރު ފަތަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް އެތައް ގޮތަކުން ބޭނުންތެރި ދެ ބާވަތެވެ.މިހާ ހިސާބުން ފެރުން ލިބޭ ފައިފާތަކަށް ބަލާލަމާ ހިނގާށެވެ.

ފޭރަކީ ވިޓަމިން ސީ އަދި ވިޓަމިން އޭގެ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.ވިޓަމިން ސީއަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. ހަށިގަނޑުގައި ހުންނަ ޓިޝޫ އާކުރުމުގައި ވިޓަމިން ސީގެ ރޯލު ވަރަށް ބޮޮޑެވެ. ފޭރަކީ ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާއަކަށްވާއިރު، ފޭރުގައި ވިޓަމިން ސީގެ އަދަދު އޮރެންޖުގައި ހިމެނޭ އަދަދަށް ވުރެ ހަތަރުގުނަ އިތުރެވެ. މީގެ އިތުރުން ވިޓަމިން އީގެ އަދަދު ލުނބޮލެއްގައި ހިމެނޭ އަދަދަށް ވުރެ ދިހަ ގުނަ އިތުރެވެ. އެންމެ ފޭރެއްގައި ގާތްގަނޑަކަށް 126 މިލިގުރާމުގެ ވިޓަމިން ސީ ހުރެއެވެ. އަދި ސައިންސް ވެރިން ބުނާގޮތުގައި ގިނައިން ފޭރު ކާނަމަ، ގިނަ ބަލިތަކަކުން މީހާ ރައްކާތެރި ކޮށްދެއެވެ.

އެގޮތުން ބަލާއިރު:

ކެންސަރު ބަލި، ހަކުރު މައްޗަށް ދިއުން، ލޭގެ ޕްރެސަރ މައްޗަށް ދިއުން، ހިތުގެ ތަފާތު އެކި ބަލިތަކުން ސަލާމް ކޮށްދިނުން، ބޭރަށް ހިންގުން އަދި އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރި ވުމަށް ފޭރުގެ މުހިންމުކަން ބޮޑެެވެ.

މީގެ އިތުރުން ފޭރަކީ ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާއަކަށް ވާއިރު، ފޭރު ކެއުމުން އެހެނިހެން ގިނަގުނަ ފައިދާތަކެއް ވެސް ކުރެއެވެ. އެގޮތުން ބަލާއިރު،

o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.

o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.

o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.

o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.

o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.

o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.

o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.

o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.

o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.

ވީމާ ފޭރަކީ ގިނައިން ބޭނުން ކުރުން ވަރަށް ރަނގަޅު މޭވާގެ ބާވަތެއްކަން މި މައުލޫމާތުގެ އަލީގައި އެނގިގެން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް