ރާއްޖެ ވޮލީ ޖޫނިއަރ ޗެމްޕިއަންޝިޕް 2027 ގައި ބައިވެރިވުމަށް ހުޅުވާލައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން 2027 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖެ ވޮލީ ޖޫނިއަރ ޗެމްޕިއަންޝިޕް 2027 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހ...

08 Oct 2026 | 06:08
N/A

N/A

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން 2027 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖެ ވޮލީ ޖޫނިއަރ ޗެމްޕިއަންޝިޕް 2027 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައެވެ. ފިރިހެން އަދި އަންހެން ޑިވިޝަނަށް ބައިވެރިވެވޭ މި މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ކަމަށް ވީއޭއެމުން ބުނެފައިވެއެވެ. ކޮންމެ ކައުންސިލަކަށް ވެސް ކޮންމެ އުމުރުފުރައަކުން ހުށަހެޅޭނީ އަންހެން އެއް ޓީމާއި ފިރިހެން އެއް ޓީމެވެ.

ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޑިސެމްބަރު 16 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އެވެ. އެ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބާތިލުވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. ޓީމު ލިސްޓު ހުށަހެޅުމުގެ ފަހު ތާރީހަކީ 2026 ޑިސެމްބަރު 23 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އެވެ.

ބައިވެރިވުމުގެ ފޯމާއި ޓީމު ލިސްޓު ހުށަހަޅަން ޖެހެނީ ވީއޭއެމުގެ އީމެއިލް މެދުވެރިކޮށެވެ. މުބާރާތުގެ ގަވާއިދާއި ފޯމުތައް ވީއޭއެމުގެ އިއުލާނާ އެކު އެޓޭޗްކޮށްފައި ހުންނާނެ ކަމަށާއި، އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 3317015 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް