ފުލުހުން ނައްތާލި ބަނގުރާ ފުޅިތައް -- ފޮޓޯ: ޕޮލިސް
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައި ހުރި giނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފި އެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި އެއީ ތިން މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެއްޗެ އެވެ. އެތަކެތި ނައްތާލީ މިމަހުގެ ފަސް ވަނަ ދުވަހު ދޫނިދޫގައި އެވެ.
ނައްތާލި ތަކެތީގެ ތެރޭގައި 500 އެމްއެލްގެ 2،547 ފުޅި ބަނގުރަލާއި ފަސް ލީޓަރުގެ 23 ފުޅި ބަނގުރާ ހިމެނެއެވެ. މީގެ އިތުރުން ޕްލާސްޓިކް ޓައްޕު ފަދަ ނުވަ އައިޓަމެއް ވެސް އެ ތަކެއްޗާ އެކު ނައްތާލާފައިވެއެވެ.
މި ތަކެތި ނައްތާލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެ ބާވަތުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގަވާއިދުގެ ދަށުން، އެ ކަމަށް ޚާއްޞަކޮށް އެކުލަވައިލެވުނު ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް