ކުށުގެ ރެކޯޑު ބަލަހައްޓާ އިދާރާގެ ގޮތުގައި ޑިޖޭއޭ ހަމަޖައްސައިފި

ކުށުގެ ރެކޯޑު ބަލަހައްތާ އިދާރާއަކީ ޑިޕާޓްމެންޓު އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން ކަމަށް އެޓާނީ ޖެނެރަލ އިބްރާހިމް ރިފްއަތު ހަމަޖައްސައިފި އެވެ. މިގޮތަށް ހަމަޖެއްސެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެން...

08 Oct 2020 | 18:25

ކުށުގެ ރެކޯޑު ބަލަހައްތާ އިދާރާއަކީ ޑިޕާޓްމެންޓު އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން ކަމަށް އެޓާނީ ޖެނެރަލ އިބްރާހިމް ރިފްއަތު ހަމަޖައްސައިފި އެވެ.

މިގޮތަށް ހަމަޖެއްސެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާ އިދާރާއެއް ހުރުން ލާޒިމްކޮށްފައި ވާތީ އެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެޒެޓު ކުރި އެ ގާނޫނުގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމަށެވެ.

މި ގާނޫނުގެ ދަށުން މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ އެފަދައިން ކަނޑައަޅަންޖެހެ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޑީޖޭއޭއިން ގާއިމުކުރަން ޖެހޭނެ އެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް ކަނޑައެޅިގެންދިޔުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

މީގެ ކުރިން ކޯޓުތަކުން ކުށުގެ ރެކޯޑު ީޖޭއޭގެ އިތުރުން ވަކިވަކި ކޯޓުތަކުން ދޫކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް