ރާއްޖެއިން އިތުރު 86 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 6:00 އާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން 57 މީހުން އަދި އަތޮޅުތެރެއިން 29 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 72 ދިވެހިންނާއި 14 ބިދޭސީންނެވެ.
މިއަދު 1،356 ސާމްޕަލް ޓެސްޓު ކޮށްފައިވެ އެވެ.
މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،112 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 67 މީހުންނަށެވެ.
މިވަގުތު އަތޮޅު ތެރޭގެ 18 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 146 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 82 ދިވެހިންނާއި 64 ބިދޭސީންނެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 9،589 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 10،742 މީހުންނެވެ. އޭގެ ތެރެއިން މަރުވީ 34 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް