އަލުން ލޮކްޑައުންއަކަށް ގެންދަން ބޭނުން ނުވާތީ، އިޓަލީގައި މާސްކު އެޅުން މަޖުބޫރުކޮށްފި

އަލުން ލޮކްޑައުންއަކަށް ގެންދަން ބޭނުން ނުވާތީ، އިޓަލީގައި މާސްކު އެޅުން މަޖުބޫރުކޮށްފި އެވެ. އެ ގައުމުގެ ބޮޑުވަޒީރު ގިސެޕް ކޮންޓޭ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކުރަން ޖެހުނީ ލޮކްޑައުންގެ ސަބަބުން ދި...

08 Oct 2020 | 14:09

އަލުން ލޮކްޑައުންއަކަށް ގެންދަން ބޭނުން ނުވާތީ، އިޓަލީގައި މާސްކު އެޅުން މަޖުބޫރުކޮށްފި އެވެ.

އެ ގައުމުގެ ބޮޑުވަޒީރު ގިސެޕް ކޮންޓޭ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކުރަން ޖެހުނީ ލޮކްޑައުންގެ ސަބަބުން ދިމާވެފައިވާ މާލީ ގެއްލުންތައް އިތުރަށް ތަކުރާރުކުރަން ބޭނުންނުވާތީ ކަމަށެވެ.

އެ ގައުމުން އެންމެފަހުން ޢާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުގައި އެގައުމުގެ ހުރިހާ ސަރަހައްދެއްގައިވެސް މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ޚާއްސަކޮށް ބޭރުގައި އުޅޭ ވަގުތުތަކުގައާއި ފިހާރަ ތަކާއި، އޮފީސްތަކާއި، ރެސްޓޯރަންޓް ފަދަ އާންމުން އެއްވާ ތަންތަނުގައި މާސްކް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި އެގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

އިޓަލީގައި ކޮވިޑް-19 ގެ ކޭސްތައް ފެންމަތިވި ދުވަސްކޮޅު ލޮކްޑައުންގައި އަޅާފައުވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އޭޕްރިލް 24 އިން ފެށިގެން އިޓަލީގައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައެވެ.

އެހެންނަމަވެސް އިއްޔެ ވަނީ 3678 ކޭސް ފެނިިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް