ޑްރަގުގެ ކޮންމެ ޑީލެއްގައި ވެސް ދިވެހި ފަރުދަކު ހޮސްޓޭޖް ވެފަ ހުންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 300 ކިލޯގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މީޑިއާ އާ ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޯބަރު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅިގެން ވެސް ދިވެއްސަކު ރަހީނު ކޮށްފައި އެބަހުރި ކަމަށެވެ.
"އެ މަސްތުވާތަކެތި ވިއްކި ފަރާތުން ދިވެއްސަކު ރަހީނުކޮށްފައިވޭ. މުޅި ޓްރާންސެކްޝަން ނިމެންދެން، ވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި މި ގަންނަ ފަރާތުން މީހަކު ބަހައްޓަން ޖެހޭ. ފާއިތުވެ މިފަދަ އެތައް ބޮޑު އޮޕަރޭޝަނެއްގައި އެތައް ޓްރާންސެކްޝަނެއްގައި މިކަން ހިނގާފައި ހުރިކަން އެބަ އެނގޭ." ޙަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮޓޯ އާއި ވީޑިއޯ އެބަހުރި ކަމަށާއި މީގެ ފުރިހަމަ އަގު އަދާކުރެވެންދެން ސޯސް ކަންޓްރީގަ ނުވަތަ ސޯސް އިން ކަނޑައަޅާފައިވާ ތަނެއްގައި ހައްޔަރުވެފައި މީހަކު ހުންނަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް