ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރެވޭގޮތް އަނެއްކާވެސް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ޕޭޕަލް އެކައުންތަށް ލިންކު ކުރެވޭގޮތް އަނެއްކާވެސް ހަދައިފި އެވެ. ކުރިން ބީއެމްއެލްއިން ދިން މި ހުދުމަތް މެދުކަނޑާލީ ކަސްޓަމަރުންނަށް ނޭގި ކާޑުގެ ބޭނު...

08 Oct 2020 | 11:11

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ޕޭޕަލް އެކައުންތަށް ލިންކު ކުރެވޭގޮތް އަނެއްކާވެސް ހަދައިފި އެވެ.

ކުރިން ބީއެމްއެލްއިން ދިން މި ހުދުމަތް މެދުކަނޑާލީ ކަސްޓަމަރުންނަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވެގެންނެވެ. މިފަދަ ސައްހަ ނޫން މުއާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ބީއެމްއެލްއިން އެ ހިދުމަތް މެދުކަނޑާލީ އެވެ.

ބީއެމްއެލް އިން މިއަދު ބުނީ، އެ ބޭންކުން މިހާރު ޕޭޕަލްގައި ހުރި ހުރިހާ މަރޗަންޓުން އަންބޮލޮކް ކޮށްފައިވާނެ ކަމަށެވެ.

ކުރިޔަށް އޮތްތާގައިވެސް މިފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލާނެ ކަމަށް ބޭންކުން ބުންޏެވެ. އަދި އެފަދަ މުއާމަލާތެއް ހިނގާކަން ފާހަގަ ކުރެވިއްޖެ ނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދި މާޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަކުރުމަށާއި، ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީސެކުއާ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއްކަން ކަމަށެވެ.

އަދި ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފައެވެ. އަދި މިގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅަވް ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް