ޤައުމީ ޔުނިވަރސިޓީތަކުގެ ކައުންސިލްއަށް އަލަށް ޢައްޔަނު ކުރެވުނު މެމްބަރުންނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ބައްދަލު ކުރައްވައިފި

ޤައުމީ ޔުނިވަރސިޓީތަކުގެ ކައުންސިލްއަށް އަލަށް ޢައްޔަނު ކުރެވުނު މެމްބަރުންނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ބައްދަލު ކުރައްވައިފި އެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކައުންސިލ...

08 Oct 2020 | 10:11

ޤައުމީ ޔުނިވަރސިޓީތަކުގެ ކައުންސިލްއަށް އަލަށް ޢައްޔަނު ކުރެވުނު މެމްބަރުންނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ބައްދަލު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކައުންސިލް އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް އަލަށް ޢައްޔަނު ކުރެއްވުނު މެމްބަރުންނާއި މިނިސްޓަރ ބައްދަލު ކުރައްވާފައިވަނީ މިއަދު ހެނދުނު އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކައުންސިލްގެ ހުސްވެފައިވާ ދެ ދާއިރާއަށް ޢައްޔަނު ކުރެވުނު މެމްބަރުންނަކީ ފުރަތަމަ ދާއިރާ: ފިނޭންސް / ބިޒްނަސް / އެކައުންޓިންގ / ޓުއަރިޒަމް، ޑރ. އިބްރާހިމް ސަމީރު، ދެވަނަ ދާއިރާ: ސައިންސް / ޓެކްނޮލޮޖީ / އިންޖިނިއަރިންގ މުޙައްމަދު ރަޝީދު އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނީ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އިންތިޚާބު ކުރެވުނީ އަލްއުސްތާޛް ޙުސައިން މުޙައްމަދު ޙަނީފް އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ޙަސަން ވަނީ ހުސްވެފައިވާ ގޮނޑިތަކަށް ޢައްޔަނު ކުރެވުނު މެމްބަރުންނަށް މަރުހަބާ ދަންނަވާ، ކައުންސިލްގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާ، ޢައްޔަނު ކުރެވުނު މެމްބަރުންނާއި ޚިޔާލު ބަދަލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް